ދިވެހިންނަށް ލިބެންޖެހޭ ގިނަ ވަޒީފާތަކެއް ޤަވައިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ސަބަބުން ގެއްލިފައިވާއިރު އެކަމަށް ރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުނުވާތީ ރައްޔިތުންގެ ގިނަ ބައަކު ކަންބޮޑުވާކަން ހާމަކޮށްފިއެވެ.
ހިޔުމަން ރައިޓްސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނާއި ގުޅިގެން މިއަދުނޫހަށް މައުލޫމާތު ދިން ބައެއް ރަްއޔިތުން ބުނެފައިވަނީ ކޭޝިއަރު ކަމުގައާއިި ސަފާރީތަކުގައި އެތައް ސަތޭކަ ބިދޭސީން މަސައްކަތްކުރަމުން ގެންދާއިރު އެކަމުގެ ސަބަބުން އެތައް ސަތޭކަ ދިވެހިންގެ ވަޒީފާތައް ވަނީ ގެއްލިފައި ކަމަށެވެ. އެހެންކަމުން އެތައް ސަތޭކަ އާއިލާތަކަށް ލިބެންޖެހޭ ދިރިއުޅުމުގެ ހައްޤުތަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.
"ހިޔުމަން ރައިޓްސް ކޮމިޝަނުން އަބަދުވެސް އުޅެނީ ބިދޭސީންނަށް ހައްޤުތައް ހޯދައި ނުދެވިގެން. ޤައުމުގެ ހާލަތަށް ބަލައި ދިވެހިންނަށް ކުރިމަތިވެފައިމިވާ މައްސަލަތަކުގެ ވާހަކަތައް ދައްކާ އަޑެއް ނުއިވޭ. ދިވެހިންނަށް ލިބެންޖެހޭ ވަޒީފާތަކުގައި ބިދޭސީން ތިބުމުން ދިވެހިންނަށް ގެްއލިފައިވާ ހައްޤުތަކުގެ ވާހަކަ ދައްކާ އަޑެއް ނުއިވޭ." ބައެއް ރައްޔިތުން ބުނެފައިވެއެވެެ.
ރައްޔިތުން މިމޭރުމުން ބުނަމުން ގެންދަނީ ކަންބޮޑުވާންޖެހޭ މައްސަލަތަކެއް ހުރުމުންކަން ވެސް ފާހަގަކުރަންޖެހެއެވެ. ރާއްޖެ ފިޔަވައި ބިދޭސީންނަށް އެމީހަކު އުޅޭނެ ގޮތަކަށް އުޅުމާއި ކުރާނެ މަސައްކަތެއް ކޮށް އަދި ވިސާ ނެތި އުޅުން ހުއްދަވެފައި އޮތް ޤައުމެއް ދުނިޔޭގައި އޮތްކަން އެނގިފައެއް ނެތެވެ.
ދިވެހިންގެ ވަޒީފާ ގެއްލޭތީ ހިޔުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑު ނުވަނީ ކީއްވެ؟: ރައްޔިތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ