ތުރުކީގައި ހުންނަ ސައުދީ އެމްބަސީތެރޭގައި މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މައްސަލާގައި ދިވެހި ސަރުކާރުން ފައިސާ ނަގާފައިވާކަމަށް ދޭހަވާ ގޮތަކަށް ރައީސް ޔާމީންގެ ފުރަތަމަ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫނު ވާހަކަފުޅު ދައްކަވައިފިއެވެ.
ހަޝޯގީގެ މައްސަލާގައި ދިވެހި ސަރުކާރުން ފައިސާ ނަގާފައިވާކަމަށް ދޭހަވާ ގޮތަކަށް ދުންޔާ ވާހަކަފުޅުދެއްކެވީ ހަޝީޣީގެ މައްސަލާގައި ސަރުކާރު އަދިވެސް އޮތީ ސައުދީއާއި އެކުކަމަށްބުނެ މިހާރު ނޫހުގައި ލިޔެފައިވާ ހަބަރަކާއި އެކު ކުރެއްވި ޓްވިޓެއްގައެވެ.Unacceptable! I hope the new Government of @ibusolih @PresElectMv will stand up for what is right and not just money. https://t.co/o8Auorl6BW— Dunya Maumoon (@dunyamaumoon) October 25, 2018ދުންޔާ ވިދާޅުވީ އެއީ ބަލައިގަންވޭނެ ކަމެއް ނޫންކަމަށާއި، އަލަށް އުފެދޭ އިބްރާހިމް މުހައްމަދު ޞަލިހްގެ ސަރުކާރުގައި ސާބިތުވެ އޮންނާނީ ހައްގުގެ މަގުގައިކަމަށާއި ފައިސާއަށް ނޫންކަމަށް އުއްމީދުކުރައްވާ ކަމުގައެވެ. ނަމަވެސް ހަޝޯގީގެ މައްސަލާގައި ސަރުކާރުން ފައިސާ ނެގިކަން ސާފުކޮށް ދުންޔާ ވިދާޅެއް ނުވެއެވެ.
މިމަހު 2 ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލި ހަޝޯގީގެ މަރުގެ ފަހަތުގައި ވަނީ ވަލީ އަހުދު ކަމަށް ބައިނަލް އަގްވާމީ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް ސައުދީން މިވާހަކަތައް ވަނީ ދޮގުކޮށްފައެވެ. އެގޮތުން ސައުދީގެ ސަރުކާރުން ބުނާ ގޮތުގައި ހަޝޯގީ މަރާލުމުގައި ބައިވެރިވީ އެސަރުކާރުގައި ކުރިން މަސައްކަތް ކޮށް، ނުހަމަ ގޮތަށް ވަކިވެގެން ދިޔަ ބައެއް ކަމަށެވެ.
ތުރުކީގެ ރައީސް ތޮއްޔިބް އުރުދުގާން ވިދާޅުވީ ހަޝޯގީ އަކީ ސައުދީގެ ސަރުކާރަށް ފާޑުކިޔާ މޮޅު ނޫސްވެރިޔެއް ކަމަށެވެ. އަދި އޭނާގެ މަރަކީ ސައުދީ އިންޓެލިޖަންސް އިން ވަރަށް ރާވައިގެން ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކޮށްފައިވާ ކަމެއް ކަމަށް އުރުދުގާން ވިދާޅުވިއެވެ.
ދުންޔާ ކުރެެއްވީ ހަޝޯގީގެ މައްސަލާގައި ސަރުކާރުން ފައިސާ ނެގިކަމުގެ ތުހުމަތުތަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ