ވެލާނާ އެއާޕޯޓުގެ ޕަވާ ޕްލާންޓަކަށް މިއަދު ހަވީރު މައްސަލަ ދިމާވެ، އެއާޕޯޓުން ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށްފި ކަމަށް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
މިއަދު ހަވީރު އެއާޕޯޓުން ކަރަންޓް ކެނޑުމުގެ ސަބަބުން ބައެއް ހިދުމަތްތައް މެދު ކެނޑި އެއާޕޯޓުގެ ގިނަ އޮޕަރޭޝަންތައް މެދުކެނޑުނެވެ. ނަމަވެސް ބައެއް ކަންކަން މެނުއަލްކޮށް ކުރަމުންދިޔަ ކަމަށް އެއާޕޯޓުގެ އޮފިޝަލެއް މައުލޫމާތު ދިނެވެ.
ގައުމީ އެއާލައިން ހިންގާ މޯލްޑިވިއަން އިން ބުނީ، ކަރަންްޓް ކެނޑުމުގެ ސަބަބުން ބައެއް ފްލައިޓްތަކުގެ ޑިލޭވި ކަމަށެވެ. އެހެން ނަމަވެސް، މެނުއަލްކޮށް ފަސިންޖަރުން ޗެކިން ހެދުމަށްފަހު ފުރުވުމުގެ މަސައްކަތް ކޮށްފައިވާއިރު، ކަރަންޓް ލިބުމާއެކު އަލުން އޮޕަރޭޝަންސްތައް އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.
ދެ ގަޑިއިރެއްހާ އިރު ވަންދެން މުޅި އެއާޕޯޓުން ކަރަންޓް ކެނޑިފައިވާއިރު، މިކަމުގެ ސަބަބުން ޝެޑިއުލް ކޮށްފައިވާ އެތެރޭގެ އަދި ބޭރުގެ އުުދުހުންތަކަށް ވަނީ ބުރޫ އަރާފައެވެ.
މައްސަލަ ހައްލުކޮށް އެއާޕޯޓަށް އަލުން ކަރަންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ