ސުޕްރީމް ކޯޓުގެ އަމުރަށް ފާޑުކިޔުމުން އަލީ ހުސެއިންގެ ބަޔާން ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާއި ގުޅިގެން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ވަގުތީ އަމުރަށް ފާޑުވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، މިއަދު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އަލި ހުސެއިން ވިދާޅުވީ، އޭނާ ޑީޖޭއޭ އަށް ހާޒިރުކުރެވުނީ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅޭގޮތުން ވީޓީވީ ގައި އޭނާ ދެއްކެވި ވާހަތަކަކާއި ގުޅިގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލުކަމަށް އޮކޮމިޝަނުން ނިންމުމުން، ސުޕްރީމް ކޯޓުން ވަނީ ކޯޓުގައި އެމައްސަލަ ހިނގަމުން ދަނިކޮށް އީސީ އިން އެގޮތަށް ނުނިންމޭނެކަން ކަނޑައަޅައި އީސީގެ ނިންމުން ބާތިލުކުރަން އަމުރު ކޮށްފައެވެ.
އެއަމުރާ ގުޅިގެން ވީޓީވީގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މެމްބަރުންގެ ގޮޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމި ނިންމުން އެކޮމިޝަނުން ބާތިލު ކުރުމުން އެމައްސަލައިގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭ އިތުރު ނިންމުމެއް ނޯންނާނެ ކަމަށާއި ސަބަބަކީ ހުށަހެޅި ދައުވާ ނަތިދިޔުމުން ނުވަތަ ދައުވާއަށް އިންކާރުކުރާ ފަރާތުން ފަރާތުން އެއީ ނެތް ދައުވާއެއް ކަމަށް ބުނުން ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން އެކަމާއި ދައްކާނެ އިތުރު ވާހަކައެއް އޮވެގެން ނުވާނެ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ