ވޯކް ވިސާއަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިފި

ވޯކް ވިސާގެ ފީ އޮންލައިންކޮށް ދެއްކޭނެ ޚިދުމަތް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ތަޢާރަފުކޮށްފިއެވެ.މޯލްޑްވްސް ޓެކްސް އެކެޑެމީގައި ބޭއްވި ރަސްމިޔާތެއްގައި މި ހިދުމަތް ތާއާރަފް ކޮއްދެއްވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލްއެވެ. އެ ހިދުމަތަކީ މީރާގެ މުވައްޒަފުންނާއި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން އެންޑް ޓެކެނޮލޮޖީން އުފެއްދި ހިދުމަތެކެވެ.އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިނިއުނޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، މުއައްސަސާތަކުން ޚިދުމަތް ހޯދުމުގައި ދިގު ކިއުއެއްގައި ތިބެންޖެހިފައި އޮތް އޮތުމަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ހިދުމަތް ވެސް އެންމެ ފުރިހަމަވާނީ ޑިޕޮސިޓް ފައިސާ ވެސް އޮންލައިކޮށް ދެއްކޭނެ ނިޒާމެއް ގާއިމް ކުރެވިގެން ކަމަށް ވެސް މަީހު ވިދާޅުވެފައިވެއެވެ.އޭގެ އިތުރުން ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް އޮންލައިންކޮން ދެއްކޭނެ މަގުތަނަވަސް ކޮށްދިނުމަކީ އަމާޒެއް ކަމަށާ އަދި މިހާރު ކުރިޔަށްގެންދާ މަޝްރޫއު ނިމޭއިރު ހުރިހާ ހިދުމަތެއް އެއް ޕޯޓަލް އަކުން ލިބޭނެގޮތް ވެގެންދާނެ ކަމަށްވެސް މިނިސްޓަރ މަލީހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ