ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރު އެވެ.
އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގި ނަމަވެސް އޭނާ ހާޒިރުކުރާ ވަކި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އަލީ ހުސައިން ވަނީ މިދިޔަ ހަފްތާގެ ތެރޭގެ ވީޓީވީގައި ސުޕްރީމް ކޯޓުގައި ހިންގަމުންދާ މައްސަލައަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމި މައްސަލަ ދިރާސާކޮށް ކޮމިޝަނުން އެ ނިންމުން ފަހުން ބާތިލްކުރުމުން މެންބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭ އިތުރު ނިންމުމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ.
އަލީ ހުސައިން އިތުރަށް ވިދާޅުވީ ދައުވާ ހުށަހެޅި ފަރާތުން ހުށަހެޅި ދައުވާ ނެތިދިއުމުން ނުވަތަ ދައުވާއަށް އިންކާރު ކުރާ ފަރާތުން އެއީ ނެތް ދައުވާއެއް ކަމަށް ބުނުމުން ކޯޓުން އެކަމާ ދައްކާނެ އިތުރު ވާހަކައެއް އޮވެގެން ނުވާނެ ކަމަށެވެ.
އަލީ ހުސައިން ދެއްކެވި ވާހަކަތަކަކާ ގުޅިގެން މިއަހަރުގެ މާޗް މަހުގެ ހަތަރު ވަނަ ދުވަހު ވެސް އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އަދި ދުވަސްކޮޅަކަށް އޭނާ އަށް އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު، ފަހުން ވަނީ ސަސްޕެންޝަން އުވާލާފަ އެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ