އަދާލާތު ޕާޓީގެ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ބާއްވައިފި

އަދާލާތު ޕާޓީ މަޖިލީހަށް ވާދަކުރާ ދާއިރާތަކުގެ ތެރެއިން އެޕާޓީން ޕްރަައިމަރީ ބާއްވަން ހަމަޖެއްސި ހަމައެކަނި ދާއިރާ ކަމުގައިވާ ރ. އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ބާއްވައިފިއެެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން އަދާލާތު ޕާޓީގެ އިންތިހާބާ ބޭހޭ ކޮމިޓީގެ ރައީސް މުހައްމަދު އަލީ ވިދާޅުވީ އަދާލާތު ޕާޓީ މިފަހަރު އިންތިހާބަށް ކުރިމަތިލާ ދާއިރާތަކުގެ ތެރެއިން ދެ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ހަމަ އެކަނި އިނގުރައިދޫ ދާއިރާއަށް ކަމަށެވެ.
އެހެންކަމުން އިނގުރައިދޫގެ ޕްރައިމަރީގައި ވާދަކުރެއްވީ ރ. އިންނަމާދޫ، ނޫރާނީގެ، އަލީ ޝަރީޕާއި، ރ. ކިނޮޅަސް، ފެހިވިލާ، އަޙްމަދު ޙުސައިން ކަމަށެވެ
އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އަށެވެ.
އަދާލަތު ޕާޓީގެ އިނގުރައިދޫގެ ޕްރައިމަރީގައި ވޯޓްލުން ކުރިއަށް ގެންދިޔައިރު އިނގުރައިދޫ ދާއިރާގައި ހިމެނޭ އިނގުރައިދޫ، އިންނަމާދޫ، ފައިނު، ކިނޮޅަސް އަދި ރަސްމާދޫގެ އިތުރުން މާލޭގައިވެސް ވަނީ ވޯޓް ފޮއްޓެއް ބަހައްޓާފައިވެ އެވެ.
ވޯޓްލުން ނިމި ނަތީޖާ އިއުލާންކޮށްފައިވާއިރު އަދާލަތު ޕާޓީގެ ޓިކެޓްގައި އިނގުރައިދޫ ދާއިރާއަށް ވާދަކުރާނެ ބޭފުޅަކަށް ހޮވިފައިވަނީ އަހްމަދު ހުސައިންއެވެ. އޭނާއަށް ޕްރައިމަރީގައި 312 ވޯޓް ލިބިފައިވާއިރު އަލީ ޝަރީފަށް ލިބިފައިވަނީ 174 ވޯޓެވެ.
އަދާލާތު ޕާޓީން ބުނީ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ވޯޓުލުމަށް ޖުމުލަ 810 މީހުން ރަޖިސްޓްރީ ކުރި ކަމަށެވެ.
އަދާލާތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް ވިދާޅުވީ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގައި 493 މީހުން ވޯޓްލާފައިވާ ކަމަށެވެ. އަދި މިރޭގެ މެންދަމު 12:00 ޖެހުމުގެ ކުރިން ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެކުލަވާލި ކޯލިޝަން އެއްބަސްވުމުގައި އަދާލަތު ޕާޓީން ސޮއިކުރީ ވަކިވަކި އިންތިހާބުތައްވެސް ކޯލިޝަނުގެ ތެރޭގައި ބާއްވާނެ ގޮތުގެ އިންތިޒާމުތަކެއް ހަމަޖައްސައިގެން ކަމަށާއި އެހެންކަމުން އޭރު އެއްބަސްވި ގޮތަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީން 13 ދާއިރާއަކަށް ކުރިމަތިލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ