މެމްބަރު އަލީ ޝާހުވެސް ޖޭޕީއަށް

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، ޖުމުހޫރީ ޕާޓީއާ މިރޭ ގުޅިވަޑައިގެންފިއެވެ.
ޖޭޕީގެ މައި ޖަގަހަ މ. ކުނޫޒުގައި އަލީ ޝާހު ޕާޓީއާ ގުޅިވަޑައިގެން ފޯމު ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވާފައިވާއިރު އިދިކޮޅު ފަރާތްތަކާއި ގުޅުނު ގިނަ މެމްބަރުންތަކެއް އަންނަނީ ޖޭޕީއާ ގުޅެމުންނެވެ.
އިދިކޮޅުގައި މަސައްކަތް ކުރި މެމްބަރުންގެ އިތުރުން ރިޔާސީ އިންތިޚާބުގެ ކުރިން، ޕީޕީއެމްގައި ކުރީގެ ރައީސް ޔާމީނާއެކު ތިއްބެވި ގިނަ މެމްބަރުންތަކެއް ވެސް ވަނީ ޔާމީންގެ ވެރިކަން ނިމި، ބާރު ކެނޑުމުން އިއްތިހާދުގެ ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
ބައެއް މެމްބަރުން އެމްޑީޕީއާ ގުޅިފައިވާއިރު ބައެއް މެމްބަރުން ވަނީ ކުރީގެ ރައީސް މައުމޫނަށް ބައިއަތު ހިފައި އެމަނިކުފާނުގެ ފަހަތްޕުޅުން މައުމޫން ރިފޯމް މޫވްމަންޓާ ގުޅިވަޑައިގެންފައެވެ.
އެމްޑީޕީއާ ގުޅުނު މެމްބަރުންގެ ތެރޭގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ގެ އިތުރުން ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހިމެނެއެވެ. އެމްއާރްއެމްގައި ތިއްބެވި މެމްބަރުންގެ ތެރޭގައި ރައީސް މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މިނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ