މައުމޫން އަބްދުލްގައްޔޫމްގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް، މިސްރުގެ ސަރުކާރުން ޚާއްސަ އެވޯޑެއް މިރޭ އަރުއްވާނެ

19:00ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް، މިސްރުގެ ސަރުކާރުން ދޭ ޚާއްސަ އެވޯޑެއް މިސްރުގެ ރައީސް ހުސްނީ މުބާރަކް މިރޭ އަރުއްވާނެ ކަމަށް ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕްރެޒިޑެންޓް އޮފީހުން ބުނެފި އެވެ.އިސްލާމިކް ސްކޮލިޝިޕަށް ރައީސް މައުމޫން ވެވަޑައިގެންނެވި އެހީތެރިކަމާއި އެމަނިކުފާނު ސިޔާސީ ހަޔާތުގައި ހޯއްދަވާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާ މިސްރުގެ ސަރުކާރުން ދޭ އޯޑަރ އޮފް މެރިޓް، ފަސްޓް ކްލާސް އިން އާޓްސް އެންޑް ސައިންސަސް އެވޯޑް ދެއްވުމަށް ހަމަޖައްސާފައި ވަނީ އިޖިޕްޓްގެ މަޝްހޫރު އަލް އަޒްހަރު ޔުނިވަރސިޓީގައި ރާއްޖެ ގަޑިން މިރޭ 10:30 ގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށް ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕްރެޒިޑެންޓް އޮފީހުން ބުނެ އެވެ.ރައީސް މައުމޫން މިސްރަށް ވަޑައިގެންނެވީ މިސްރުގެ މިނިސްޓްރީ އޮފް ރިލިޖަސް އެންޑޯމަންޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ އަހަރީ އިސްލާމިކް ކޮންފަރެންސްގައި ބައިވެރިވަޑައިގަތުމަށްޓަކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ