މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް، ތޫނު އެއްޗަކުން ހަމަލާއެއްދިނުމަށް މަސައްކަތްކޮށްފި އެވެ.
 
ބަޔަކު އެފަދަ ހަމަލާއެއް ދޭން އުޅުނުކަން ޝަރީފް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ޝަރީފު ވިދާޅުވީ، ތޫނު އެއްޗަކުން އޭނާއަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައިވަނީ ދެ މީހުންގެ ގުރޫޕަކުން ކަމަށެވެ.
 
ޝަރީފް ވިދާޅުވީ، އޭނާއަށް ހަމަލާދޭން ބަޔަކު މަސައްކަތްކުރީ އޭނާ ގެއިން ނިކުމެވަޑައިގެންނވި ވަގުތުގައި ކަމަށެވެ. އަދި އެ ސަރަހައްދަކީ، އެނާގެ ބަޔެއް ވިޔަފާރިތައް ހުރި ސަރަހައްދަކަށްވުމުން، ފިހާރާގައި ހަރަކާތްތެރިވި ސްޓާފުން އޭނާއަށް ރައްކާތެރިކަން ދިނުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފަޔަށް އަނިޔާތަކެއް ލިބިފައިވާކަމަށެވެ.
 
މިކަމާއި ގުޅެގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.
 
ޝަރީފަކީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެކެވެ. ޝަރީފަށް ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގެ ހިޔާލު ތަފާތުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ ވޯޓާއެކު މެމްބަރުންނަށް އެކި އިންޒާރުތައް ލިބެމުންދާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ