މާއްދާއެއްގެ ގޮތުގައި ޗެސް ކިޔަވައިދޭ ފުރަތަމަ ސްކޫލަކަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް

ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް، މާއްދާއެއްގެ ގޮތުގައި ޗެސް ތައާރަފުކޮށް، އެ މާއްދާ ކިޔަވައިދޭން ފަށައިފި އެވެ.ޣިޔާސުއްދީން ސްކޫލުގައި ޗެސް ކިޔަވައިދޭން ފެށުމަށްޓަކައި މިއަދު ހެނދުނު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ. ޣިޔާސުއްދީން
ސްކޫލުގައި މާއްދާއެއްގެ ގޮތުގައި ޗެސް ކިޔަވައިދޭން ފެށުމަށް ބޭއްވި ހާއްސަ
އެސެމްބްލީގައި ބައިވެރިވި ބައެއް ދަރިވަރުން.--ހަވީރު ފޮޓޯ :ނިޝާން އަލީ މޯލްޑިވްސް ޗެސް ފެޑަރޭޝަންގެ އެހީތެރިކަމާ އެކު، ޣިޔާސުއްދީނަށް ޗެސް ތައާރަފު ކުރުމަށް ބޭއްވި  އެސެމްބްލީގައި، އެ ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ ސިކުނޑީގެ
ދުޅަހެޔޮކަމާއި ވިސްނުމުގެ ގާބިލްކަން އިތުުރުކުރުމުގެ މަގުސަދުގައި، ކިޔަވައިދޭން ނިންމި  އާ މާއްދާގެ ސަބަބުން ތައުލީމީ ގޮތުން އެ ސްކޫލު
ކުރިއަރައިގެންދާނެ ކަމަށެވެ. އަދި ރާޒުވާ ކުޅުމުގެ ސަބަބުން ތައުލީމީ
ފެންވަރު ރަނގަޅުވާނެކަން ތަފާތު ދިރާސާތަކުން ދައްކާ ކަމަށް އޭނާ
ވިދާޅުވި އެވެ. ރާޒުވާ އަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި
ނަމަވެސް ދިރިއުޅުމުގައި ދަސްކުރަންޖެހޭ ގިނަ ކަންތައްތަކެއް އެނގޭނެ ކަމެއް ކަމަށް ވެސް ތޯހާ ވިދާޅުވި އެވެ. ޗެސް ފެޑެރޭޝަންގެ ރައީސް ނޫހު އަލީ ވިދާޅުވީ
ރާއްޖޭގައި ސްކޫލެއްގައި ފުރަތަމަ ފަހަރަށް ޗެސް ތައާރަފު ކުރުމަކީ އެ
ފެޑެރޭޝަނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.ޗެސް ފައުންޑޭޝަނުން ވަނީ ޣިޔާސުއްދީނަށް 15 ޗެސް ބޯޑު ހަދިޔާކޮށްފަ އެވެ.ޣިޔާސުއްދީން
ސްކޫލުގައި މާއްދާއެއްގެ ގޮތުގައި ޗެސް ކިޔަވައިދޭން ފަށަން ބޭއްވި ހާއްސަ
އެސެމްބްލީއަށް ފަހު ޗެސް ފައުންޑޭޝަންގެ ފަރާތުން އެ ސްކޫލަށް 15 ޗެސް
ބޯޑު ހަދިޔާކުރަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ ޣިޔާސުއްދީން
ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިމްނީޒާ ފަހީމް ވިދާޅުވީ މާއްދާއެއްގެ
ގޮތުގައި ޗެސް ތައާރަފްކުރަން ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން
ލިބޭ ކަމަށެވެ. އަދި ޗެސް ފެޑަރޭޝަންގެ އެހީތެރިކަމާ އެކު ޣިޔާސުއްދީންގައި،
ޗެސް ކިޔަވައިދިނުމަށް ހިސާބު ޓީޗަރުން ތަމްރީނުކޮށްފައިވާ ކަމަށް ވެސް އޭނާ
ވިދާޅުވި އެވެ.މި މާއްދާ ކިޔަވައިދޭނީ ގްރޭޑް 1-5 ދަރިވަރުންނަށް ހަފުތާއަކު އެއް ދުވަހެވެ. އަވަސް މުސްތަގުބަލެއްގައި ޣިޔާސުއްދީން ސްކޫލުގައި ޗެސް ކްލަބެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ވެސް ޝިމްނީޒާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ