ރިޔާސީ އިންތިހާބުގެ ތައްޔާރީތައް އިލެކްޝަނުން ފަށައިފި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ފަށައި، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެ އެވެ.
އެ ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން މިހާރު ފަށާފައި ވަނީ ގޭގެ އަށް ރަޖިސްޓްރީ ފޯރުކޮށްދީގެން އިސްލާހުކުރުމުގެ ކެމްޕޭނެއް ކަމަށެވެ. އެ ކެމްޕޭނުގެ ފުރަތަމަ ބުރު އަމާޒުކޮށްފައި ވަނީ ގަލޮޅު އަވަށުގެ ގެތަކަށެވެ. އެ އަވަށުގެ ގެތަކަށް އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީި ޕޯސްޓުގެ ޒަރިއްޔާ އިން ފޯރުކޮށްދޭނެ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ގޭގެ އަށް އެ ކޮމިޝަނުން ފޯރުކޮށްދޭ ރަޖިސްޓްރީގައި އެއްވެސް ޝަކުވާއެއް އޮތް ނަމަ ނުވަތަ ސާފުކުރަން ބޭނުންވާ މައުލޫމާތެއް އޮތް ނަމަ އެ ކޮމިޝަނުގެ ހިލޭ ގުޅޭ ނަމްބަރު 1414 އިން ސާފުވާނެ އެވެ. މީގެ އިތުރުން ރަޖިސްޓްރީއާ ގުޅޭ ހެލްޕް ޑެސްކް އިލެކްޝަންސްގެ އިދާރާ އާއި މާލޭ ސިޓީ ކައުންސިލްގައި ގާއިމްކުރާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ