ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
ޔެލޯ އެލަރޓް ނެރެފަވަނީ ޅ.އަތޮޅުން ފެށިގެން ގދ.އަތޮޅާ ހަމައަށެވެ. އެލަރޓް ނެރެފަވަނީ މިއަދު ހެނދުނު 8:30އިން ފެށިގެން 12:00ގެ ނިޔަލަށެވެ.
މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކޮށް އަދި ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އާއްމުކޮށް ވައިގެ ބާރުމިން އުޅޭނީ 8މޭލާއި 18މޭލާ ދެމެދުގަނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 40މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ވައިގަދަވުމާ ގުޅިގެން ކަނޑުގެ ރާޅުގެ އުސްމިން އުޅޭނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މުސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން މޫސުމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯދައިގެން ދަތުރަށް ނުކުތުމާއި، އަދި ދަތުރަށް ނިކުންނައިރު ސަލާމަތީ ވަސީލަތްތައް ހަމަކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ