ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ޑްރަގް ކޯޓަށް ބަދަލުކޮށްފި

ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ޑްރަގް ކޯޓަށް ބަދަލުކޮށް، ޑްރަގް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ސިވިލް ކޯޓަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަދަލްކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންއިން ގެެންނެވި މި ބަދަލާއި ގުޅިގެން އެ ދެ ބޭފުޅުންވަނީ ބަދަލުކުރެއްވި ކޯޓުތަކަށް މިއަދު ނިކުންނަވާފައި އެވެ. އަލީ ރަޝީދު ޑްރަގް ކޯޓަށް ބަދަލުކުރީ އޭނާ އެގޮތަށް އެދިވަޑައިގަތުމުންނެވެ.
އަލީ ރަޝީދު މީގެ ކުރިން ކްރިމިނަލް ކޯޓްގައިވެސް ގާޒީކަން ކުރެއްވި އެވެ. އޭނާ ސިވިލް ކޯޓުން ޑްރަގް ކޯޓަށް ބަދަލުކުރިއިރު ސިވިލް ކޯޓަށް އިތުރު ހަތަރު ފަނޑިޔާރަކު މިދިޔަ ހަފުތާގައި ވަނީ އައްޔަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ