އުމަރު ޗުއްޓީގައި ހުރުމުން ހޯމްމިނިސްޓްރީ ހިންގަވަނީ އަދީބު!

ހޯމްމިނިސްޓަރު އުމަރު ނަސީރު ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމާ ގުޅިގެން، އެވުޒާރާ ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވީ ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބްކަމަށް ވަރަށް މުހުތަބަރު ފަރާތަކުން ވީނިއުސްއަށް އިނގިއްޖެ އެވެ.
ހޯމްމިނިސްޓަރު ޗުއްޓީއެއް ނެންގެވިކަން މީޑިއާއަށްވެސް އަދި އިނގިފައި ނުވާއިރު، މިރޭ ހޯމްމިނިސްޓުރީގެ އިސްބޭފުޅަކު އެކަން ވަނީ ވީނިއުސްއަށް ކަށަވަރު ކޮށްދީފައެވެ.
ހޯމްމިނިސްޓްރީގެ އިސް އޮފިޝަލު ނަންނުޖެހުމަށް ޝަރުތުކޮށް ވީނިއުސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މިނިސްޓަރު ޗުއްޓީއެއް ނެންގެވި ކަމަށާއި އަދި ޗުއްޓީގައި މިނިސްޓަރު އުމަރު ވަޑައިގެންފައި ވަނީ ރާއްޖެއިން ބޭރަށް ކަމަށެވެ. އަދި މިނިސްޓަރު ޗުއްޓީ ނެންގެވީ ކޮންކަމަކާ ގުޅިގެން ކަމެއް އެއްވެސް ވަރަކަށް އިނގިލައްވާފައި ނުވާކަމަށާއި މިނިސްޓަރު ނެތުމުން އެމަގާމާ ހަވާލުވެހުންނެވީ މިނިސްޓަރު އަދީބު ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މިކަމާގުޅިގެން ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް ވީނިއުސްއަށް ލިބިފައި ނުވާއިރު، މިނިސްޓަރު އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ކުރު ކޮށްލުމަށްފަހު މާދަމާ އެބުރި މާލެއައިސް މައްސޫލިއްޔަތާ ހަވާލުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ