މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަގު އިތުރަށް ފެހިކޮށް ހިތްގައިމު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދަ ޕަލްސް" ސިލްސިލާގެ ފުރަތަމަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޮޑުތަކުރުފާނުމަގު ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަގު އިތުރަށް ފެހިކޮށް ހިތްގައިމު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބޭރުމަގުގައި ގްރީން ބެލެޓެއް ތަރައްޤީ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.
"ވިސްނުމުގައި މިހުރީ ގްރީން ބެލްޓެއް ކްރިއޭޓުކުރުން، ގަސް އިންދުމުގައި، ބޮޑެތި ޕޮޓްތަކުގައި، ބޮޑެތި ގަސް ޖަހާފައި، ބަކި ބަރިއަކަށް، ބިންމަތީގައި އިންދާ ގަސްތައް ހުންނާނީ ވަކި ދުރުމިނެއްގައި މެދުގައި ޕޮޓްތައް ހުންނާނީ، ތަންކޮޅެއް ފެހި ބެލްޓެއް ގޮތަށް ފެންނާނީ، ކުރިއަށް ވުރެއް ހިތްގައިމުކޮށް" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނުމަގު ފެހިކުރަން ގްރީން ބެލެޓެއް ތަރައްޤީކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ