ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ކުރީގެ ރައީސް މައުމޫން، އުމާނަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ހޯމަ ދުވަހު އުމާނަށް ފުރާވަޑައިގެންފިއެވެ.
ރައީސް މައުމޫންގެ މި ދަތުރުފުޅުގައި، ރާއްޖެއާއި އުމާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭ ގޮތުންނާއި، އުމާނުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން، ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންނާ މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފިހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ