އެޗްޑީސީގެ ވަޒީފާއިން ވެސް އަމިއްލައަށް ވަކިވުމުގެ ފުރުސަތުދީފި

ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާ އިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ދީފި އެވެ. 
ހުޅުމާލޭ ބެލެހެއްޓުމުގެ މަސައްކަތްކުރާ އެ ކުންފުނީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން އިއްޔެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯގައި ވަނީ ރިޓަޔަމަންޓް ޕޮލިސީ އާއި ވަޒީފާ އިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލަށް ބޯޑުން އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. 
އަމިއްލައަށް އެދިގެން ވަޒީފާ އިން ވަކިވުމަށް މެމޯގައި ފާހަގަކުރާ މައިގަނޑު ދެ ގޮތަކީ ވޮލެންޓަރީ ރިޑަންޑަންސީ އާއި ވޮލެންޓަރީ ރިޓަޔާމަންޓެވެ. 
ވޮލެންޓަރީ ރިޑަންޑަންސީގެ ދަށުން އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކަނޑައެޅޭ މުވައްޒަފުންނަށް އުސޫލުގައިވާ ގޮތަށް ވަޒީފާއިން ވަކިވުމުގެ މާލީ އިނާޔާތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބެ އެވެ. އަދި އަމިއްލައަށް އެދިގެން ރިޓަޔާވުމަށް ހުށަހަޅާ މީހުންގެ ތެރެއިން އެކަމަށް ޝަރުތު ހަމަވާ މީހުން، ކުންފުންޏަށް ހިދުމަތްކުރި މުއްދަތާއި އަދާކުރި މަގާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ މާލީ އިނާޔަތާއެކު ރިޓަޔާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.  
އެކަމާ ގުޅޭ އިތުރު މައުލޫމާތުތައް އެޗްއާރު ޑިޕާޓްމަންޓުން ލިބޭނެ ކަމަށް ވެސް ބުންޏެވެ. 
އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެޗްޑީސީން ދީފައިވާއިރު މިފަހުން ފެނަކަ ކޯޕަރޭޝަނުން ވެސް ވަނީ މާލީ ގޮތުން ހަމައަަކަށް އަޅުވަން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށައި، އަމިއްްލަައަށް ރިޓަޔާކުރަން ބޭނުންވާ މުވައްްޒަފުންނަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ. 
ހަތަރު މަސްދުވަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތުގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތު ވެސް ފެނަކަ އިން ދިނެވެ. 
The most trusted news source in the Maldives
ރާއްޖޭގެ ބޮޑުބަޔަކަށް ޔޫޓިލިޓީ ހިދުމަތްދޭ ފެނަކައިގެ ޕޭރޯލުގައި  8،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު އެ އެންމެން ލައިގެން ހިންގޭވަރަށް ވުރެ ފެނަކައިގެ ހާލަތު ދަށް ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ