ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 19) - މިހާރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ކޮންގޯ އިން ކުޅުނު ފުރަތަމަ މެޗުގައި، އެ ގައުމުގެ އައިކޮނިކް ފުޓްބޯޅަ ސަޕޯޓަރު، "ލުމުމްބާ" ދަނޑުން ނުފެނުނީ، އެމެރިކާ ސަރުކާރުން ކަނޑައަޅާފައިވާ އެބޯލާ ޕްރޮކޯލްގެ ދުވަސްތައް ފުރިހަަމަ ކުރަމުން އަންނާތީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިއީ، ކޮންގޯގެ ނަމުގައި އެ ޓީމުން ކުޅޭނެ ފުރަތަމަ ވޯލްޑް ކަޕެވެ. އެ ކަމުގެ އުފާފާޅުކުރަން ކޮންގޯ އިން ބޭއްވި އުފާފާޅުކުރުމުގެ ތެރޭގައި، އެ ޓީމުގެ ކެޕްޓަން، ޗަންސެލް އެމްބެމްބާ، ސަޕޯޓަރުންނާ އެކު ބޭއްވި އިވެންޓްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ، ކޮންގޯގެ މަޝްހޫރު ސަޕޯޓަރު "ލުމުމްބާ" އަކީ އެ ޓީމުގެ ރަމްޒެއް ކަމަށެވެ. އަދި، ސަރުކާރާއި ރައީސް ފީލިކްސް އަށް ޓީމުގެ ފަރާތުން އެމްބެމްބާ ފޮރުކޮށްދިން މެސެޖަކީ، ވޯލްޑް ކަޕަށް ކޮންގޯ އިން ފޮނުވާ ޑެލިގޭޝަނުގެ ތެރޭގައި، "ލުމުމްބާ" ހިމެނުމަށެވެ. އެ ގޮތަށް، ކޮންގޯގެ ސަރުކާރުން އެއްބަސްވި އެވެ.
އެކަމަކު، ޕޯޗުގަލްއާ 1-1 އިން އެއްވަރުވި މެޗުގައި "ލުމުމްބާ" ފެނިފައިނުވާތީވެ، އެ ކަމަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. ކޮންގޯގެ އޮފިޝަލަކު، މީޑިއާ އަށް ބުނެފައިވަނީ، "ލުމުމްބާ" މި ވަގުތު ހުރީ، ކޮންގޯގައި މި ފަހުން އެބޯލާ ފެތުރޭތީ، އެމެރިކާ އިން އެ ގައުމަށް އެތެރެވާ ކޮންގޯގެ މީހުން ފުރިހަމަ ކުރަން އަންގާފައިވާ 21 ދުވަހުގެ އައިސޮލޭޝަނުގައި ކަމަށެވެ. އަދި، މިހާރު، އެ މުއްދަތު ހަމަވާން މަދު ދުވަސްތަކަކަށްވެފައިވާއިރު، ކޮންގޯ އިން ދެން ކުޅޭ މެޗުގައި "ލުމުމްބާ" ދަނޑުން ފެންނާނެ ކަމަށެވެ.
ކޮންގޯ އިން ދެން ކުޅޭ މެޗުގައި، އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ކޮލަމްބިއާއާ އެވެ.
މި އަހަރު މޮރޮކޯގައި ކުރިއަށްދިޔަ، އެފްރިކަން ކަޕް އޮތް ނޭޝަންސްގެ ތެރޭގައި، ކޮންގޯ ކުޅޭ ގިނަ މެޗުތަކުގައި ޓީވީ ކެމެރާތައް އެންމެ ބޮޑަށް ފޯކަސް ކުރާ އެއް ސަޕޯޓަރަކީ، "ލުމުމްބާ" އެެވެ. މުބާރާތް ހޯސްޓްކުރި މޮރޮކޯގެ ސަޕޯޓަރުން ވަނީ "ލުމުމްބާ" މެޗުގައި ސަޕޯޓަރުންގެ ތެރޭގައި ކޮޅަށް ހުންނަ ގޮތަށް ހުއްޓިގެން ހުރެ، އޭނާގެ ހަރަކާތް ނަކަލުކުރަން މަސައްކަތްކޮށްފަ އެވެ.
ކޮންގޯގެ އައިކޮނިކް ސަޕޯޓަރު "ލުމުމްބާ" ހުރީ އެބޯލާ އައިސޮލޭޝަނުގައި، ދެން މެޗެއްގައި ފެންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ