700 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެ

ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ބޮޑު ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެއެވެ.
ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން މިއަދު މާލެއަށް އައިސްފައިވަނީ "އެމްއެސް ވައިކިންގް ޔީ ޑުން" ނަމަކަށް ކިޔާ ނޯވޭގެ ކްރޫޒްލައިނާއެކެވެ. މީގެކުރިން، މިކްރޫޒުލައިނާ ވަނީ ތައިލެންޑާއި މެލޭޝިޔާގައިވެސް މަޑުކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 10 ކްރޫޒްލައިނާ އައިސްފައިވާއިރު، ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މިފަދަ އުޅަނދުފަހަރު ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖުމްލަ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް ކްރޫޒްލައިންތަކުން 14،847 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 8،263 ފަތުރުވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ