ދިހަ ރަށެއްގައި ނާސަރީ އެޅުމަށް ގްރާންޓް ދޫކޮށްފި

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނާސަރީ އެޅުމަށް ރަށްތައް ހޮވުމުގައި ބަލާފައިވަނީ މަދުވެގެން 5000 އަކަފޫޓުގެ ބިން ހުރި ރަށްތަކަށާއި، އެ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންގައި މިފަދަ ކަމަކަށް ބިން ކަނޑައަޅާފައިވާ ރަށްތަކަށެވެ.
މި ނާސަރީތަކުން އުފައްދާ ގަސްތައް އެ ރަށްރަށުގެ އިތުރުން ކައިރި ސަރަހައްދުތަކުގައި އިންދުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ފެހިކަން އިތުރުކޮށް، ނެތެމުންދާ ގަސްތައް އާލާކުރުމަށްޓަކައި މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ރައީސް މުޢިއްޒު އިފްތިތާޙް ކުރެއްވި މުހިންމު މަޝްރޫޢެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ