ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފޯމް ފުރުމަށް ދަތިވާ ފަރާތްތަކާއި، 18 އަހަރު ފުރިފައިނުވާ ފަރާތްތަކަށެވެ.
އަލަށް ގެނައި ބަދަލުތަކާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފްލެޓަށް އެދި ހުށަހެޅޭނީ މާލޭ ސަރަހައްދުގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ މީހުންނަށެވެ. މީގެ އިތުރުން، ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދަށް އަންނަން ޖެހިފައިވާ ފަރާތްތަކަށްވެސް ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ވޭތުވެދިޔަ 1 އަހަރު މާލެ ސަރަހައްދުން ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ސަރުކާރުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. އެހެން ހުރިހާ ކެޓަގަރީތަކާއި ސްކީމުތަކަށް އެދުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް ހަމަވި ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދިނުމުގެ ގޮތުން އެފަރާތްތަކަށް އަންނަ މަހުގެ 15 އާ ހަމައަށް މުއްދަތު ވަނީ އިތުރުކޮށްދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިޔާއަށް ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ