ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެއް ކުރާތީ ބައެއް ތަންތަނުން ކަރަންޓު ކަނޑާލަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ނިންމައިފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ކުރިއަށްދާނީ 17 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށެވެ. އަދި މަސައްކަތް ކުރިއަށްދާތީ އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާކަމަށްވެސް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު، މިގަޑިތައް މިގޮތަށް ބަޔާންކޮށްފައި ވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ސްޓެލްކޯއިން ފާހަގަކުރާ ގޮތުގައި މި މަސައްކަތަކީ އެ ކުންފުނީގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
މިފަދަ ޙާލަތްތަކުގައި ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ކުންފުނިން ވަނީ މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ