ރ. މީދޫ ހޮސްޕިޓަލް މަޝްރޫއުގެ ބިންގާ އަޅައިފި
ރ. މީދޫ ހޮސްޕިޓަލް މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.ހެލްތު މިނިސްޓްރީން ބުނީ 30 އެނދުގެ ހޮސްޕިޓަލް އަޅަން ހަވާލުކުރީ 108.9 މިލިއަން ރުފިޔާއަށް ކަމަށެވެ. އެއީ 570 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އެ ރަސްމިއްޔާތުގައި އެ މަޝްރޫއު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމާއި މަޑުއްވަރީ ދާއިރާގެ މަޖިލުސް މެންބަރު އަހްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ