އިންޓަރ އޮފީސް ތްރީއޮންތްރީ ބާސްކެޓްބޯލް ޗެމްޕިއަންޝިޕަށް ހުޅުވާލައިފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ "އިންޓަރ-އޮފީސް 3x3 ޗެމްޕިއަންޝިޕް 2026" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފިރިހެން 1 ވަނަ ޑިވިޝަން، ފިރިހެން 2 ވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންއެވެ. މި މުބާރާތުގައި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ