ދެ އިންތިޚާބު އެއްކޮށްލުމުގައި ސަރުކާރުން އަމަލުކުރީ ޤާނޫނުއަސާސީއާ އެއްގޮތަށް: އޭޖީ

ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މައިގަނޑު ދެ މަޤްޞަދެއް ޙާޞިލްކުރުމަށް އެކުލަވައިލާފައިވާ ބިލެކެވެ. ފުރަތަމަ މަޤްޞަދަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމެވެ. ދެވަނަ މަޤްޞަދަކީ އެކަމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، މަޖިލީހުގެ ދައުރު 1 ޑިސެންބަރުގައި ފެށޭގޮތަށް ބަދަލުކޮށް، މިހާރު ހިނގަމުންދާ މަޖިލީހުގެ ޢުމުރު ފަސް އަހަރަށްވުރެ ކުރުކުރުމެވެ.
"ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، މި ސުވާލަކީ ޤާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމަށާއި، މިކަމާ ގުޅޭ ހުރިހާ އިޖުރާއަތްތަކެއް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީން ތަސައްވުރުކުރާ ޝަރުޠުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، މިހާތަނަށް ސަރުކާރުން މިކަމުގައި ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ މަތިންކަން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ