އައިކޮމްއިން ތާވަލުކުރި ދެ އަޑުއެހުމަށް ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފި
މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައެއްގެ ބައްދަލުވުމަށް އިސްލާމިކް މިނިސްޓްރީން ހާޒިރު ނުވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެ މިނިސްޓްރީ 700ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.އައިކޮމް އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، އެއީ އިސްލާމިކް މިނިސްޓްރީން ދެ ހުށަހެޅުމަށް ވެސް އެއްވެސް ޖަވާބެއް ނުލިބުމުން އައިކޮމް އިން ބަލަން ފެށި މައްސަލައެކެވެ.މި މައްސަލާގައި އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކުރީ 700ރ. އިންނެވެ.އެންމެ ފުރަތަމަ އަޑުއެހުމެއް ތާވަލުކުރީ މި މަހުގެ 3 ވަނަ ދުވަހަށެވެ. އެ ދުވަހު އިސްލާމިކް މިިނިސްޓްރީން އަޑުއެހުން ފަސްކުރަން އެދުމުން އިއްޔެއަށް އަޑުއެހުން ފަސްކުރި އެވެ. އިއްޔެގެ އަޑުއެހުން މިއަދަށް ފަސްކުރީ މިނިސްޓްރީން އެދިގެނެވެ.އައިކޮމް އިން ބުނި ގޮތުގައި، މިއަދުގެ އަޑުއެހުން ތާވަލުކުރި ވަގުތު ޖެހުމުން ވެސް އިސްލާމިކް މިނިސްޓްރީން އަޑުއެހުމުގައި ބައިވެރިވެފައެއް ނުވެ އެވެ. މިއަދު އަޑުއެހުމުގައި ބައިވެރިނުވެވޭނެކަން ވެސް މިނިސްޓްރީން އަންގާފައިނުވާ ކަމަށް އައިކޮމް އިން ބުންޏެވެ.އައިކޮމްއިން ވަނީ މިނިސްޓްރީގެ އެ އަމަލަކީ އައިކޮމްގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅާ އަމަލެއް ކަމަށް ގަބޫލުކުރާކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ