ރޯދަމަހު ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނޭ ގަޑިތައް އާންމުކޮށްފި

ކުރިއަށްއޮތް ރަމަޟާންމަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާއްމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ރޯދަ މަހު ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަންވެސް ހުޅުވާފައި ބެހެއްޓޭނީ އެގަޑިތަކުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ، ފެބުރުއަރީމަހުގެ 18 ވަނަ ދުވަހެވެ.
ރަމަޟާންމަހަކީ ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލުތަކެއް އަންނަ މަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ