ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ނިވައިކަން ކުޑަ އަންނައުނާއި ބިކިނީ ފަދަ ތަކެތި ލައިގެން ބިދޭސީންނާއި ފަތުރުވެރިން އުޅޭ މައްސަލަ ހައްލުކުރުމަށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ޝެއިޚް ޒަމްޒަމް ފާރިޝް އިސްވެ ހުންނަވައި ހުށަހެޅުއްވި މި ޕެޓިޝަނުގައި ބުނީ، އާންމު ތަންތަނުގައި މިފަދަ ނިވައިކަން ކުޑަ ފޭރާމުގައި އުޅުމުގެ ސަބަބުން އިސްލާމީ ރިވެތި އަޚްލާޤާއި، ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުއްސަނދި ސަޤާފަތާއި އާދަކާދަތައް ނެތިދިއުމުގެ ބިރު އޮތް ކަމަށެވެ.
އަދި މިއީ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއްކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
ޕެޓިޝަންގައި އިތުރަށް ބުނެފައިވަނީ، މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހި ޅަދަރިންނަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ. އަދި ކުޑަކުދިން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް މިއީ ކުރިމަތިވާ ބޮޑު ހުރަހެއް ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޕެޓިޝަނުގައި ތިން ކަމަކަށް ވަނީ އެދިފައެވެ. އެއީ:
* މައްސަލަ ހައްލު ކުރުމަށް މިހާރު ހުރި ގަވާއިދުތައް ތަންފީޒުކުރުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުން.
* ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ އާ ގާނޫނުތަކެއް އެކަށައެޅުން.
* އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން.
މި ޕެޓިޝަންގައި ސޮއި ކުރުމުގެ ފުރުސަތު އާއްމުންނަށްވެސް ހުޅުވާލާފައިވާއިރު، އަންނަނިވި ލިންކު މެދުވެރިކޮށް ސޮއި ކުރެވޭނެއެވެ.
https://epetition.majlis.gov.mv/petitions/6ded7953-d5b2-41cb-b100-9b62c041ffda
ލޯކަލް ޓޫރިޒަމް ފައްކާވެ ކުރިއަރައިގެންދާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ އިޖުތިމާއީ މައްސަލަތައް ފެންމަތިވަމުންދާ މިންވަރު ވަނީ ްިކަންބޮޑުވާވަރަށް އިތުރުވެފައެވެ. މި މައްސަލަ ޙައްލު ކުރުމަށް ފުލުހުންނާއި ކައުންސިލް ތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންގާފައުވާ ނަމަވެސް، މައްސަލައަށް އެދެވޭ ހައްލެއް އަދިވެސް ލިބުފައި ނުވާ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.
އާންމު ތަންތަނުގައި ބިކިނީ ލައިގެން އުޅޭ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ