ކުކުޅު ފިހާރަ: ހިލޭ ބަޓަރު ބްލޮކް ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި
ރާއްޖެއަށް ގިނަ އަދަދެއްގެ ފިނިކުރި ކާބޯތަކެތި ގެންނަ ކުކުޅު ފިހާރައިން ހިލޭ ބަޓަރު ބްލޮކް ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، ކަސްޓަމަރުން ގަންނަ ކޮންމެ ބަޓަރު ބްލޮކްގެ 10 ކޭސްއަކަށް، ހިލޭ އެއް ކޭސް ލިބޭނެ ކަމަށެވެ.ކުކުޅު ފިހާރަ އިން ބަޓަރު ބްލޮކްގެ ތިން ސައިޒެއް ލިބެއެވެ. އެއީ 100 ގްރާމް، 200 ގްރާމް އަދި އެއް ކިލޯގެ ބަޓަރު ބްލޮކް ކޭހެވެ.މި ޕްރޮމޯޝަންގެ ދަށުން ހަތަރު ސައިޒެއްގެ ކޭސް މިކްސްކޮށް ގަތް ކަމުގައި ވިޔަސް، އެއް ކޭސް ހިލޭ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ