ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި ބިލު އިތުރު ބަދަލެއް ނުގެސް، އެ އޮތް ގޮތަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މަޖިލިސް ޗުއްޓީގައި އޮއްވާ އެ ބިލު ތަޅުމަށް ހުށަހަޅައި ހަމަ އެ ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވީ މިދިޔަ މަހު 5ގަ އެވެ. އިއްޔެ އެ ކޮމިޓީން ބޭއްވި އެންމެ ފަސް މިނެޓުގެ ބައްދަލުވުމުގައި ނިންމީ ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރުމަށެވެ.
މިއަދުގެ މަޖިލިސް ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހެޅި އެވެ.
ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން ބިލު ފާސްވީ 72 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ، އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އެވެ.
އެމްޑީޕީ ފަސް މެންބަރުންގެ ނަން އިއްވައި މި ޖަލްސާގައި ވަނީ ބޭރުކޮށްލާފަ އެވެ. އަދި ބާކީ ތިބި އެމްޑީޕީ މެންބަރުން މި ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.
ތަފްސީލު އަންނަނީ....
ބޮޑު 2 އިންތިހާބު އެކުގައި ބާއްވަން ގާނޫނުއަސާސީ އިސްލާހުކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ