ހަޔާ އެޑިއުކޭޝަންގެ އެސްޕީޑީގެ މަގާމުން އީޝާ އަޝްރަފް ވަކިކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު (އެސްޕީޑީ)ގެ ވަޒީފާގައި ހުންނެވި އީޝާ އަޝްރަފް މަގާމުން ވަކިކޮށްފި އެވެ.
ވީކިހިނެއް؟ - އީޝާ މަގާމުން ވަކިކުރި ކަމުގެ ލިއުން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއީ ސައްހަ ލިއުމެއްކަން ޔަގީނެވެ.
ތަފްސީލް - އީޝާއަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވަނީ އީޝާ ވަކިކުރީ ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރިން އީޝާ ވަނީ ރައީސް އޮފީހުގައި ވެސް މި ސަރުކާރުގައި މަސައްކަތްކުރައްވައިފަ އެވެ.
އީޝާ ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް ހަސަން މުފީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދާއިރާއަށް ނިސްބަތްވާ ޕީއެންސީގެ އެއްވެސް މެންބަރަކަށް ދެރަ ގޮތެއް ވުމަށް ނޭދޭ ކަމަށެވެ. އަދި ސަރުކާރުން މި ގޮތަށް އޭނާ ވަކިކުރުން ކުށްވެރިކުރާ ކަމަށް ވެސް މުފީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ