އުމުރުން 75 އަހަރު ވަންދެން ރިޓަޔަމަންޓު ފަސް ކުރެވޭ ގޮތަށް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރިއެމްޕްލޯއިމެންޓުގެ ގާނޫނު ތަސްދީގު ކުރުމުން، އުމުރުން 65 އަހަރު ފުރުމުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާނުކުރުމުގެ ފުރުސަތު ފަހިވާނެ އެވެ. އެކަމަކު ރިޓަޔަމަންޓު ފަސް ކުރެވޭނީ 75 އަހަރު ފުރެންދެކަށެވެ.
ރިއެމްޕްލޯއިމެންޓުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މިދިޔަ ހޯމަ ދުވަހެވެ. އެއީ މަޖިލީހުގެ ދައުރު ނިމިފައި އޮއްވައި، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ފާސް ކުރި ބިލެކެވެ.
ދައުލަތުގެ ވަޒީފާތައް އަދާ ކުރާ މީހުންނަށް އެ ގާނޫނުގެ ބޭނުން ހިފުނު ނަމަވެސް އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނާއި ގާނޫނުއަސާސީ އާއި ގާނޫނެއްގެ ދަށުން މަގާމަކަށް އައްޔަން ކުރެވޭ މީހުންނެއް ނުހިމެނެ އެވެ.
ރިއެމްޕްލޯއިމެންޓުގެ ގާނޫނު ފަރުމާ ކޮށްފައި އޮތް ގޮތުން 65 އަހަރު ފުރިގެން މީގެ ހަތް އަހަރު ކުރިން ވަޒީފާއިން ރިޓަޔާ ކޮށްފައިވާ ފަރާތްތަކަށް އަނބުރާ ވަޒީފާ ހޯދިދާނެ އެވެ.
އުމުރުން 75 އަހަރު ފުރެންދެން ރިޓަޔަމަންޓް ފަސް ކުރެވޭ ގާނޫނު ތަސްދީގުކޮށްފި އުމުރުން 75 އަހަރު ފުރެންދެން ރިޓަޔަމަންޓް ފަސް ކުރެވޭ ގާނޫނު ތަސްދީގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ