ސަރުކާރުން ރަށްތަކުގައި ހިންގަން ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމުން ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރ އަލީ ނިޔާޒް ރައްދު ދެއްވައިފިއެވެ. ނިމިދިޔަ ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާފައިވާ އަލީ ނިޔާޒު ރައީސް މުއިއްޒުގެ ވާހަކަފުޅަށް ރައްދުދެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރ އަލީ ނިޔާޒް ވިދާޅުވާ ގޮތުގައި މަޝްރޫއުތައް ނުފެށެނީ ރައްޔިތުންނާ މަޝްވަރާކޮށް 5 އަހަރު ދުވަހަށް ފާސްކޮށްފައި އޮންނަ ޕްލޭނަށް ބެލުމެއްނެތި ހިތުހުރިހާ ގޮތަކަށް މަޝްރޫ އިއުލާން ކުރާތީ ކަމަށެވެ.
އަލީ ނިޔާޒް ވިދާޅުވާ ގޮތުގައި މަޝްރޫއުތައް ހިންގުވުމަށް ކައުންސިލް ތަކަށް ކޮންމެހެން ސަރުކާރު ކެނޑިޑޭޓުން އަންނާކަށް ނުޖެހެއެވެ. މުހިންމުކަމަކީ ދައުލަތުން ދޭންޖެހޭ ފައިސާ ދީފައި ރައްޔިތުން ބޭނުންވާ ޕްލޭން ތަންފީޒު ކުރުން ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.
އެހެން ނަމަވެސް ރައީސް މުއިއްޒު ވިދާޅުވަނީ މީގެ ދެ މަސް ނުވަތަ ތިން މަސް ކުރިން ސޮއިކޮށްފައި ހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކައުންސިލުން ބިން ހަވާލުނުކޮށްގެންނެވެ.
ޕީއެންސީގެ ފިކުރާ ދުރު، ސަރުކާރަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތި ކުރުވާ ކައުންސިލެއް ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ހޮވައިފި ނަމަ، ވައުދުތައް ފުއްދުމަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސޮއިކޮށްފައިވާ މަޝްރޫއުތައް ނުފެށިހުރީ ކައުންސިލްތަކާ ހުރެއެއްނޫން: އަލީ ނިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ