1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕެލޭ ބޭނުންކުރި ޖޯޒީއެއް 4.9 މިލިއަން ޑޮލަރަށް ވިކިއްޖެ

ނިއު ޔޯކް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 17) - ސްވިޑެންގައި 1958 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ބްރެޒިލްގެ ލެޖެންޑް، ޕެލޭ ބޭނުންކުރި ޖޯޒީއެއް 4.9 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ. 
މިއީ، ފުޓްބޯޅަ ކުޅުންތެރިއަކު ބޭނުންކުރި މި ފަދަ އެއްޗެއް ދެ ވަނަ އަށް އެންމެ އަގުބޮޑުކޮށް ވިކުނު ފަހަރެވެ. އެންމެ އަގުބޮޑުކޮށް ވިކުނީ، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ކޮޅަށް އަތުން ލަނޑު ޖެހިއިރު، އާޖެންޓީނާގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާ ބޭނުންކުރި ޖޯޒީ އެވެ.
MU STORE
Enterprise Development Industrial Pvt Ltd
Villa College
MU STORE
Enterprise Development Industrial Pvt Ltd
މަރަޑޯނާގެ އެ ހާއްސަ، ޖޯޒީ ވިކުނީ 9.3 މިލިއަން ޑޮލަރަށެވެ. 
 އެ ގޮތުން، 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ސްވިޑެން އަތުން 5-2 އިން މޮޅުވި ބްރެޒިލް ޓީމުގައި ވިދާލި އުމުރުން 17 އަހަރުގެ ޕެލޭ، އެ މެޗުގައި ބޭނުންކުރި 10 ނަމްބަރު ޖޯޒީ އަށް 10 ބިޑެއް ކުރިއިރު، އޭގައި ހަރަކާތްތެރިވީ ފަސް ފަރާތެއް ކަމަށް އޯކްޝަންގެ ކަންކަން އިންތިޒާމްކުރި ފަރާތުން ވަނީ މައުލޫމާތު ދީފަ އެވެ. 
ޕެލޭ، މަރުވީ 2022 ވަނަ އަހަރު އެވެ. އޭރު އުމުރަކީ 82 އަހަރެވެ. އޯކްޝަނުގައި ޕެލޭގެ ޖޯޒީ އެތައް މިލިއަން ޑޮލަރަކަށް ވިކުނުއިރު، 1958 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަކީ، ޕެލޭ އަށް ވަރަށް ހާއްސަ މެޗެކެވެ. ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ބްރެޒިލަށް ހޯދައިދޭން ޕެލޭ މުހިންމު ދައުރެއް އެ ފައިނަލުގައި އަދާކުރިއިރު،
އެ ފަހަރުގެ ފައިނަލް މެޗުގައި ޖެހި ދެ ގޯލާ އެކު، ޕެލޭ ވެފައިވަނީ ވޯލްޑް ކަޕެއްގެ ފައިނަލުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. ސްވިޑެން ކޮޅަށް އެ ފައިނަލް މެޗުގައި ޕެލޭ ވަނީ ދެ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ