ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ދިއްފުއްޓަށް
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށެވެ. އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރެކޯޑުކުރެވިފައިވާ މިންވަރަށް ބަލާއިރު، ދިއްފުއްޓަށް ވަނީ 26.9 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ ހުޅުލެއަށެވެ. އެއީ 22.5 މިލިމީޓަރުގެ ވާރޭއެވެ. މީގެ އިތުރުން, ރ. އަލިފުއްޓަށް 19.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އއ. ތޮއްޑޫއަށް 11.4 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި, ކ. ގާފަރަށް 7.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މެދު ރާއްޖެތެރޭގެ ރަށްތަކަށް ނިސްބަތުން ގިނައިން ވާރޭވެހިފައިވާއިރު، ދެކުނުގެ ބައެއް ރަށްތަކަށް ވެސް ވަނީ ކޮންމެ ވެސް ވަރަކަށް ވާރޭވެހިފައެވެ. އެ ގޮތުން، މ. މުއްޔަށް 4.2 މިލިމީޓަރު އަދި ގދ. ފަރެސްމާތޮޑާއަށް 2.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ މަދުން ވާރޭވެހިފައިވަނީ ބ. ގޮއިދޫ އަދި ފ. ނިލަންދުއަށެވެ. މި ދެ ރަށަށް ވެހިފައިވަނީ 0.2 މިލިމީޓަރުގެ ވާރޭއެވެ. މީގެ އިތުރުން، ބ. ދަރަވަންދޫއަށް 0.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ސ. ގަމަށް ވެހިފައިވަނީ 1.0 މިލިމީޓަރުގެ ވާރޭއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ވިއްސާރަކުރަމުންދާތީ، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްޞަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށް މެޓް އޮފީހުން އިރުޝާދުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ