އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޕީއެޗްޑީ ހެއްދެވި މަރުކަޒު، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިޔާ (އައިއައިޔޫއެމް) އިން، ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް މަތީ ވަނައެއް ހޯއްދަވައިފި އެވެ.
ވީ ކިހިނެއް؟ - އައިއައިޔޫއެމްގައި މާހިލް ކިޔަވާ ވިދާޅުވީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ އެވެ.
އޭނާ ވަނީ:
ކިޔަވާ ވިދާޅުވި ފެކަލްޓީން އެކަޑަމިކް އެކްސެލެންސް އެވޯޑް ހޯއްދަވާފައި
އައިއައިޔޫއެމްގެ ރެކްޓާސް އެވޯޑަށް ނޮމިނޭޓްވެވަޑައިގެންފައި
އެއީ ޔުނިވަސިޓީގެ އެންމެ މޮޅެތި ދަރިވަރުންނަށް ލިބޭ އެވޯޑެއް
ދަރިކަލުންގެ މި ކާމިޔާބީ ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މިއީ އާއިލާގެ އިތުރުން ރާއްޖެއަށް ވެސް ލިބިވަޑައިގެންނެވި ފަހުރެއް ކަމަށެވެ.
އެނގުން މުހިއްމު - މެލޭޝިޔާގެ މި ޔުނިވަސިޓީއަކީ ދިވެހި ގިނަ ދަރިވަރުންތަކެއް ކިޔަވާ ތަނެކެވެ. އަދި ދައުލަތަށް ހިދުމަތް ކުރެއްވި ގިނަ ބޭފުޅުންނާއި އެކި ދާއިރާތަކުގެ ހިދުމަތްތެރިން މިތަނުން ކިޔަވާ ވިދާޅުވެފައިވެ އެވެ.
ޝަހީމް ޕީއެޗްޑީ ހެއްދެވި ޔުނިވަސިޓީން ދަރިކަލުންނަށް މަތީ ވަނައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ