އަތޮޅު ކައުންސިލް ތަކުން ދެމުން އައި ޚިދުމަތްތައް ދެން ދެމުން ގެންދާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަމުގައި އެ އޮތޯރިޓީ އިން ބުނެފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމުން ޤާނޫނީ ހުސްކަމެއް އަންނަ ކަމަށް މީސްމީޑިއާގައި ވާހަކަ ދެކެވެމުންދާ ވާހަކައަށް އިޝާރާތްކޮށް، އެލްޖީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ މިނިސްޓްރީ އުވުނަސް ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމަށެވެ. އެލްޖީއޭއިން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދައިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެކަން ކުރުމަށް ބޭނުންވާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެކަމަށް ވެސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އެތަންތަނުން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެނީ ޤާނޫނުގެ ދަށުން އެއިދާރާއިން ކަމަށެވެ.
ޤާނޫނުގައި މިގޮތަށް ބަޔާންކޮށްފައި އޮތުމާއެކު، އަތޮޅު ކައުންސިލްތައް އުވާލާ އެ ތަންތަނުން އަދާކުރަމުންދިޔަ ޤާނޫނީ މަސްއޫލިއްޔަތު އެލްޖީއޭގެ ދަށަށް ބަދަލުވާނެ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. އަދި އޮފީސްތައް ޤާއިމްކޮށް ހިންގުމުގެ އިޙްތިޔާރު އެލްޖީއޭއާށް ލިބިދީފައިވުމާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޕަބްލިކް ވޯކްސް އުވާލި ނަމަވެސް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ޤާނޫނީ އެއްވެސް ހުސްކަމެއް އަންނާނެ ކަމަށް ނުދެކޭ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލަން ނިންމާފައިވަނީ، ރައްޔިތުންނަށް ސީދާ ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރާއި ރަށު ކައުންސިލްތަކާ ދެމެދު ހުރި އިދާރީ ހުރަސްތައް ނައްތާލާ ޚިދުމަތް ދިނުން ހަރުދަނާ ކުރުމަށެވެ.
އަތޮޅު ކައުންސިލްތަކުގެ ޚިދުމަތް އެލްޖީއޭ ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ