އޮފީސްތަކުގެ ބިލިއާޑް މުބާރާތުގެ ތަށި އެމްޕީއެލާއި ސީއާރުސީއަށް
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 13 ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީ) އިން ހޯދައިފިއެވެ. ޖުމްލަ ބާރަ ޓީމާއެކު ކުރިއަށްދިޔަ މުބާރާތުގެ އެންމެ ފޯރިގަދަވި ޓީމު އިވެންޓުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޕީއެލް ހޯދީ ފައިނަލުގައި ރޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ވާދަކޮށްގެންނެވެ. އޮފީސްތަކުގެ ބިލިއާޑް މުބާރާތުގެ ތެރެއިން-- ފޮޓޯ: އެމްޕީބީއޭ މީގެއިތުރުން އަންހެން ޑިވިޝަނުގެ ޓީމު އިވެންޓު ޗެމްޕިއަންކަން ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ހޯދީ ފައިނަލުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ވާދަކޮށްގެންނެވެ. އަންހެން ޑިވިޝަނުގެ ޓީމު އިވެންޓުގެ ތިންވަނަ އެމްއެންޑީއެފް ހޯދިއިރު، ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑެވެ. ސިންގަލްސް ކެޓަގަރީތަކުގެ ތެރެއިން އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ބީއެމްއެލްގެ ފާތިމަތު ރައުފާ މުޙައްމަދު ހާފިޒު ހޯދީ ފައިނަލުގައި ބީއެމްއެލްގެ ފާތިމަތު ޝަމްނާ ޝަމްއޫނާ ވާދަކޮށްގެންނެވެ. މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ސީއާރުސީ-- ފޮޓޯ: އެމްޕީބީއޭ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން އެމްޕީއެލްގެ އިސްމާޢީލް ޖީހާން ހޯދާފައިވަނީ އެމްޕީއެލްގެ އަބްދުﷲ އަފީފު ބަލިކޮށްގެންނެވެ. އަދި ތިންވަނަ ހޯދާފައިވަނީ އެމްޕީއެލްގެ މުޙައްމަދު ދުންޔާޒެވެ. ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފްގެ މުޙައްމަދު މައުރޫފެވެ. ދެވަނަ ސްޓެލްކޯގެ އަޙްމަދު ޝިވާޒް ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ އެމްއެންޑީއެފްގެ އަޙްމަދު ފަޒްލީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ