އިދިކޮޅު ކެންޑިޑޭޓުން ގަންނަން ސަރުކާރުން ދަނީ މިލިއަނުން ފައިސާ ހުށަހަޅަމުން: އެމްޑީޕީ އިދިކޮޅު ކެންޑިޑޭޓުން ގަންނަން ސަރުކާރުން ދަނީ މިލިއަނުން ފައިސާ ހުށަހަޅަމުން: އެމްޑީޕީ

އިދިކޮޅު ކެންޑިޑޭޓުން ގަތުމަށް ސަރުކާރުން މިލިއަނުން ފައިސާ ހުށަހަޅަމުންދާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ކައުންސިލް އިންތިހާބަށް ހަމަޖެއްސި ތަރުޖަމާނުގެ ނައިބު، ހުސައިން ހަސަން ވިދާޅުވީ އިދިކޮޅު އަދި ވާދަވެރި ކެންޑިޑޭޓުންނަށް މިލިއަނުން ފައިސާ ހުށަހަޅައިގެން ގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
"އިންތިހާބުގެ ވޯޓުގެ ކުރިން، ވޯޓުލާން އޮތް ދުވަހަކީ އެޕްރީލް 4، ވަނަ ދުވަސް. މިއޮތީ 52 ދުވަސް. އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިހާރު މިދަނީ އިންތިހާބުގެ ކުރިން، ވޯޓުގެ ކުރިން ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވިލިނގިލި ދާއިރާގެ ރައީސްކަން ވެސް ކުރައްވާ ހުސައިން ވިދާޅުވީ ކެންޑިޑޭޓުން ނަން އަނބުރާ ނަގަން ދީފައި އޮތް މުއްދަތުގެ ތެރޭގައި އެ ކެންޑިޑޭޓުންނަށް ސަރުކާރުން އެކި ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށާއި ސަރުކާރުން ކުރާ ކެމްޕެއިނަކީވެސް އެއީ ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދަނީ ސަރުކާރާ ވާދަވެރި ކެންޑިޑޭޓުން، އިދިކޮޅު ކެންޑިޑޭޓުން ގަތުމަށްޓަކައި މިލިއަނުން ފައިސާ ހުށަހަޅަމުންދާ ކަމަށް. ކެންޑިޑޭޓުން ނަން ނެގުމަށް މިއޮތް ފުރުސަތުގެ ތެރޭގައި އެކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދަނީ އެ ކެންޑިޑޭޓުންގެ ފަރާތުން ގިނަ ހުށަހެޅުންތަކެއް ސަރުކާރުން ހުށަހަޅަމުންދާ ކަމަށް. ސަރުކާރުން ކުރަމުންދާ ކެމްޕެއިނަކީ އެއީ،" އޭނާ ވިދާޅުވި އެވެ.
މިއީ މިހާތަނަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފައިސާ ހުށަހަޅައިގެން ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް ކުރަމުންދާ ހަމައެކަނި ފަހަރުކަން ފާހަގަކުރައްވާ ހުސައިން ވިދާޅުވީ އެގޮތަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އަމަލުކުރަނީ އިންތިހާބުގެ ކުރިން ނަތީޖާ ޔަގީންކުރަންވެގެން ކަމަށެވެ.
ހުސައިން ވިދާޅުވީ ސަރުކާރުން ކުރާ ކެމްޕެއިނުގައި ސިޔާސަތުތައް ވިއްކުމުގެ ބަދަލުގައި ގޭގެއަށްވެސް ގޮސް ހުށަހަޅަނީ ވަޒީފާގެ އިތުރުން ޕްރޮމޯޝަންތައް ކަމަށެވެ.
މީގެއިތުރުން އިންތިހާބާ ގުޅިގެން އިލެކްޝަނުން ހާމަނުކުރާ ބައެއް މައުލޫމާތުތައް ވެސް ސީދާ ސަރުކާރުގެ ފަރާތުން ހާމަކުރަމުންދާ ކަމަށް ހުސައިން ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ބައެއް ދާއިރާތަކުގެ ގޮނޑިތައް ޕީއެންސީއަށް ލިބުނު ކަމަށް ބުނަމުންދަނީ އެކަން އިލެކްޝަނުން ހާމަނުކުރަނީސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ