އެންމެބޮޑު ހަކަތައިގެ މަރުކަޒަށް ދިން ހަމަލާއާ ގުޅިގެން އީރާނުގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

އީރާނުގެ އަސަލޫޔޭގައި ހުންނަ ހަކަތަ އުފައްދާ އެންމެ ބޮޑު އެއް މަރުކަޒަށް ދިން ހަމަލާތަކާ ގުޅިގެން އެޤައުމުގެ ރުޅިގަނޑު ފަޅައިގެންގޮސް މީގެ ކުރިން ނުދޭފަދަ އިންޒާރެއް ދީފިއެވެ.
އަސަލޫޔޭ ރިފައިނަރީއަކީ އީރާނުގައި ހުރި ތެލާއި ގޭސް އުފައްދާ މަރުކަޒުގެ ތެރެއިން އެންމެ ހައިބަތުބޮޑު އެއް މަރުކަޒެވެ. އެމެރިކާ އަދި އިސްރާއީލުން އެތަނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން އީރާނުގެ ސަރުކާރުގެ އިސްވެރިން ވަނީ ވަރަށްބޮޑަށް ކޯފާ އިސްކުރައްވައި ބަދަލުހިފާނޭކަމުގެ އިންޒާރު ދެއްވާފައެވެ. 
އަލް ޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި ހުންނަނީ ބޫޝެހްރު ޕްރޮވިންސްގައި، ނިއުކްލިއާ ރިއެކްޓަރުތަކާ ކައިރީގައެވެ. އަދި މިއީ ގަލްފުގެ ގައުމުތަކާ ދުރު ނޫން ހިސާބެކެވެ. އެހެންކަމުން، މިއަދު މިތަނަށް ހަމަލާދިން މައްސަލަ އީރާނުން ވަނީ ވަރަށް ސީރިއަސްކޮށް ނަގާފައެވެ.
މި ހަމަލާއާ ގުޅިގެން ރިފައިނަރީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ބައެއް ސަރަހައްދުތަކުގައި ވަނީ އަލިފާން ރޯވެފައެވެ. ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތާއި އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކުރެވިގެންދިޔަ އަވަސް މަސައްކަތާއެކު އެތަނުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވާަކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
އެމެރިކާ އަދި އިސްރާއީލްގެ އަސްކަރިއްޔާގެ މި އަމަލާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ވަނީ ގަލްފު ސަރަހައްދުގައި ހުރި ތެލާއި ގޭހުގެ ގިނަ މަރުކަޒުތަކެއް ހުސްކުރުމަށް އަމުރުކޮށްފައެވެ. އީރާނުން ބުނެފައިވަނީ އެޤައުމުންދޭ ވަރުގަދަ އިންޒާރެއް ކަމަށާއި، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ބަދަލުހިފުމުގެ ހަމަލާތައް ދޭން ފަށާނޭކަމަށެވެ.
ދާދި ދެންމެއަކު އަލްޖަޒީރާއިން ރިޕޯޓް ކުރިގޮތުގައި އީރާނުން ވަނީ މިރޭގެ ވަގުތެއްގައި ޤަތަރުގެ ރަސް ލައްފާންގައި ހުންނަ އެލް.އެން.ޖީ  މަރުކަޒަކަށް ހަމަލާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ