ބަދަލު ހިފުމުގެ ހަމަލާ ތަކެއްގައި، އީރާނުން ސައުދީ އަދި ޤަތަރަށް ހަމަލާދޭން ފަށައިފި

އަސަލޫޔޭގައި ހުންނަ އީރާނުގެ އެންމެބޮޑު އެއް ހަކަތަ އުފައްދާ މަރުކަޒަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމެއްގެ ގޮތުން، އީރާނުން ސައުދީ އަރަބިއްޔާ އަދި ޤަތަރަށް މިސައިލުން ހަމަލާދޭން ފަށައިފިއެވެ.
އަލް ޖަޒީރާއިން މީގެ ކުޑައިރުކޮޅެއްކުރިން ބުނެފައިވަނީ އީރާނުން ޤަޠަރުގެ ރައުސް ލައްފާން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) މަރުކަޒަށް މިސައިލުން ހަމަލާ ދީފައިވާކަމަށެވެ. މި ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް އަލް ޖަޒީރާއިން ބުންޏެވެ. މި ހަމަލާތަކާ ގުޅިގެން ޤަތަރުގެ ހާރިޖިއްޔާއިން މީގެ ކުޑައިރުކޮޅެއްކުރިން ނެރުނު ބަޔާނުގައި ވަނީ އީރާނުގެ ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. 
މިއީ ޤަތަރުގެ ސިޔާދަތާއި އިސްތިޤްލާލު ގެއްލުވާލައި ޤައުމީ ސަލާމަތަށް ކުރިމަތިވި އުދުޢާނެއްގެ ގޮތުގައި އެޤައުމުން ވަނީ ސިފަކޮށްފައެވެ.
ޤަޠަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަނގުރާމަ ފެށުނީއްސުރެ އެޤައުމުން އެއްވެސް ކޮޅަކަށް ނުޖެހި، މަސްލަޙަތު ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އީރާނުން ދަނީ ތަކުރާރުކޮށް ޤަޠަރަށާއި އަވަށްޓެރި ޤައުމުތަކަށް އަމާޒުކޮށް ޙަމަލާދެމުން ކަމަށެވެ. މިއީ ސަރަޙައްދީ ސަލާމަތާއި ބައިނަލްއަޤްވާމީ ޞުލްޙަ މަސަލަސްކަން ގެއްލިގެންދާ ފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައިވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި މިއީ އދގެ ޗާޓަރާ ދެކޮޅަށް ދެމުންދާ ހަމަލާތަކެއްކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ޤަތަރުގެ ހާރިޖިއްޔާގެ ބަޔާން
އީރާނުން ވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޝަށްވެސް ހަމަލާތައް ދީފައެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ އާރާމްކޯގެ ކާރުހާނާތަކަށެވެ.
އީރާނުން ޤަތަރު އަދި ސައުދިއަށް ހަމަލާދޭން ފަށާފައިވާއިރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ވަނީ ގަލްފު ސަރަހައްދުގައި ހުރި ތެލާއި ގޭހުގެ ގިނަ މަރުކަޒުތަކެއް ހުސްކުރުމަށް އަމުރުކޮށްފައެވެ. އައިއާރުޖީސީން ބުނެފައިވަނީ ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ބަދަލުހިފުމުގެ ހަމަލާތައް ދޭން ފަށާނޭކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ