ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ތުރުކީގެ ގަލަތަސަރޭ 4-0އިން ބަލިކޮށް ކްއާޓާ ފައިނަލަށް ދިޔަ އިރު، އިނގިރޭސި އެހެން ޓީމެއް ކަމަށްވާ ނިއުކާސަލް ޔުނައިޓެޑް ވަނީ ބާސެލޯނާ އަތުން 7-2ގެ ބޮޑު ތަފާތަކުން ބަލިވެގެން ކަޓައިފަ އެވެ.
މިރޭގެ މެޗުތަކަށް ފަހު ކްއާޓާ ފައިނަލް ކަށަވަރުކުރި އަނެއް ދެ ޓީމަކީ ޖަރުމަންގެ ބަޔާން މިޔުނިކް އާއި ޓޮޓެންހަމް އަތުން 3-2 އިން ބަލިވި ނަމަވެސް ލަނޑުގެ ތަފާތުން ޖާގަ ހޯދި ސްޕޭންގެ އެތުލެޓިކޯ މެޑްރިޑް އެވެ.
ފުރަތަމަ ލެގުގައި އެތުލެޓިކޯ އަތުން ޓޮޓެންހަމް ބަލިވީ 5-2 އިންނެވެ. އެހެންކަމުން ކްއާޓާއަށް އެތުލެޓިކޯ ދިޔައީ 7-5ގެ އެގްރިގޭޓުންނެވެ.
ބާސެލޯނާގެ ދަނޑަށް ނިއުކާސަލް ނުކުތް އިރު ފުރަތަމަ ލެގު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އަދި މިރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ނަތީޖާ ދިޔައީ ވެސް ވަރަށް ވާދަވެރިކޮށެވެ. އެ ހާފު ނިމެން އުޅެނިކޮށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް ބާސެލޯނާ ދަނޑުން ފޭބީ 3-2އިން ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެ ވަނަ ހާފުގައި އިތުރު ހަތަރު ލަނޑު ޖަހައި، 7-2 އަށް ނަތީޖާ ބަދަލުކޮށްލި އެވެ.
މިރޭ ލިވަޕޫލްގެ މިސްރު ފޯވަޑް މުހައްމަދު ސަލާހު ވަނީ ޗެމްޕިއަންސް ލީގުގައި ރެކޯޑެއް ހަދައިފަ އެވެ. އޭނާ ޖެހި ލަނޑަކީ އެ މުބާރާތުގައި މިހާތަނަށް އޭނާގެ 50 ވަނަ ލަނޑެވެ. މިއީ އެ އަދަދަށް ލަނޑު ޖެހި އެފްރިކާގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.
އިއްޔެ ރޭގެ މެޗުތަކުން ކްއާޓާ ފައިނަލަށް ދިޔައީ އާސެނަލް، ރެއާލް މެޑްރިޑް، ސްޕޯޓިން ލިޒްބަން އަދި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އެވެ.
ޕީއެސްޖީ/ލިވަޕޫލް، ފުރަތަމަ ލެގު ޕީއެސްޖީ ދަނޑުގައި
ރެއާލް/ބަޔާން މިޔުނިކް، ރެއާލްގެ ދަނޑުގައި
ބާސެލޯނާ/އެތުލެޓިކޯ، ބާސެލޯނާގެ ދަނޑުގައި
ސްޕޯޓިން/އާސެނަލް، ސްޕޯޓިންގެ ދަނޑުގައި
ދެވަނަ ލެގުގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ 14-16 އެޕްރީލްގެ ދުވަސްތަކުން ދުވަހެއްގަ އެވެ.
ލިވަޕޫލު، ބާސާ، ބަޔާން އަދި އެތުލެޓިކޯ މެޑްރިޑް ކްއާޓާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ