މި އަހަރު ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް އަދި ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުން ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ ހޮޓެލިއާ މޯލްޑިވްސްގެ ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވާ ދެވަނަ އަހަރެވެ.
ތަފްސީލް - ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި މަސައްކަތްތެރިކަން ފާހަގަކުރުމަށް ބާއްވާ މި ސިލްސިލާގެ ތިންވަނަ އެވޯޑް ހަފުލާ އެވެ.
މިއީ މި ދާއިރާގައި ހަރަކާތްތެރިވާ ވަކިވަކި މުވައްޒަފުންނާއި ޓީމުތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި ގައުމީ ފެންވަރުގެ އެވޯޑް ޕްރޮގްރާމެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 9ގެ ނިޔަަލަށް ވަނީ ހަމަވެފަ އެވެ. މި މުއްދަތު ހަމަވިއިރު، ރާއްޖޭގައި މިހާރު ހިންގަމުން އަންނަ 179 ރިސޯޓުގެ ތެރެއިން ވަރަށް ގިނަ ރިސޯޓުތަކުން ވަނީ 460އަށް ވުރެ ގިނަ ނޮމިނޭޝަން ހުށަހަޅާފަ އެވެ.
މީގެ އިތުރުން، 12 ވަނަ ފަހަރަށް ބާއްވާ ޖީއެމް ފޯރަމް 2026އަކީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިން އެއްތަނަކުން ބައްދަލުވާ އެންމެ މުހިންމު އެއް ހަރަކާތެވެ.
މި ފޯރަމްގައި ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ލީޑަޝިޕް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ އެވެ.
ބުނީ ކީކޭ؟ - "ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ބިނާވެފައިވަނީ އެ ދާއިރާގެ ފަހަތުގައި ތިބި ހީވާގީ މުވައްޒަފުންގެ މައްޗަށް. ހޮޓެލިއާ މޯލްޑިވްސްއާ އެކު އަޅުގަނޑުމެންގެ މި ގުޅުން ދެމެހެއްޓުމަކީ، މި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެއްބާރުލުން ދިނުމަށާއި ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ފާހަގަކޮށްދޭ ކަމެއް،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވި އެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް އަދި ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ދިރާގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ