ހޮރްމުޒް ކަނޑުއޮޅިން ޕާކިސްތާނުގެ 20 އުޅަނދަކަށް ދަތުރުކުރުމުގެ ހުއްދަ އީރާނުން ދީފި

އެމެރިކާގެ ރައީސް ޓްރަމްޕް ދާދިފަހުން ބޭއްވި ފޯރަމެއްގައި ވާހަކަދައްކަމުން، މި ކަނޑުއޮޅިއަށް "ސްޓްރެއިޓް އޮފް ޓްރަމްޕް" އޭ ބުނެވިގެން މަޢާފަށް އެދިފައިވެއެވެ. ޓްރަމްޕް ބުނިގޮތުގައި އީރާނުގެ ކަރަންޓް އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް އެމެރިކާއިން ފަސް ދުވަހަށް މެދުކަނޑާލާފައިވީ ނަމަވެސް، އިސްރާއީލުން ބުނެފައިވަނީ އެމީހުންގެ ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ އިގްތިސާދުގެ "އޯޓިކް ވޭލްވް" ނުވަތަ އެންމެ މުހިންމު ހޮޅިލައިގެ ގޮތުގައި ބެލެވޭ ސަރަހައްދެކެވެ. ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލުގެ ބޮޑު ބައެއް އާންމުކޮށް ދަތުރުކުރަނީ މި ހަނި ކަނޑުއޮޅި ހުރަސްކޮށެވެ. ނަމަވެސް، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޤައުމުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ފެށުނު ހަނގުރާމައިގެ ސަބަބުން، މި ކަނޑުއޮޅީގެ ދަތުރުފަތުރު ވަނީ 90 އިންސައްތައަށް ދަށަށް ގޮސްފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރައި، ތެލާއި މުދަލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މިއީ ފާއިތުވި 80 އަހަރު ތެރޭގައި ދުނިޔޭގެ ވިޔަފާރިއަށް ކުރިމަތިވި އެންމެ ބޮޑު ބުރޫއެރުން ކަމަށް ބައިނަލްއަޤުވާމީ އިދާރާތަކުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ