މި ނުތަނަވަސްކަމުގެ ތެރޭގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ 3،500 ކަނޑުގެ ސިފައިންނާއި ފަޅުވެރިން ހިމެނޭ ޓާސްކް ފޯހެއް މެދުއިރުމަތީގެ ސަރަހައްދަށް އައިސްފައިވާކަން އިއުލާނުކޮށްފައެވެ.
އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ ހޫޒިސްތާން ޕްރޮވިންސްގެ ހަފްތުކެލްގައި ހުންނަ ފެން ރައްކާކުރާ ބޮޑު ތަނަކަށް ވެސް އެމެރިކާ އާއި އިސްރާއީލުގެ ފައުޖުތަކުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އީރާނުގެ ރަސްމީ ނިއުސް އެޖެންސީ (އިރްނާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ ދިން މި ހަމަލާ އަމާޒުވެފައިވަނީ 10،000 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭ ރިޒަވޯއަކަށެވެ.
އަނެއްކޮޅުން، ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗް (އެޗް.އާރު.ޑަބްލިއު) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމާއަތުން ބުނީ އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް ބަޔާން ނެރުމަކުން ނުފުދޭނެ ކަމަށާއި، އިސްރާއީލުގެ ވެރިން ހިންގާ ޖަރީމާތައް ތަހުގީގުކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) އަށް ލުބުނާނު ސަރުކާރުން ފުރުސަތު ދޭންޖެހޭ ކަމަށެވެ.
އީރާނުން އެމެރިކާ އާއި އިސްރާއީލުގެ ޔުނިވަރސިޓީތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ