ފަޅަށް އޮތް ގ. ހިޔާ ރޯދީގައި މާޗު 18، ގައި ރޯވި މައްސަލައިގައި ހައްޔަރުކުރި ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ސަހްބާން، 29، ގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ފުލުހުން ކޯޓުގައި ބުނީ މި މައްސަލައިގައި ހުސައިން ސަހްބާންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށާއި އޭނާއަކީ ކުށުގެ ރެކޯޑުވެސް އޮތް މީހެއް ކަމަށެވެ.
މައްސަލައާ ގުޅިގެން ހުސައިން ސަހްބާން ހަރަކާތްތެރިވެފައިވާ ގޮތުގެ ސްނެޕް ޝޮޓް ހިމެނޭ ފޮޓޯ ރިޕޯޓާއި އޭނާ ހަރަކާތްތެރިވެފައިވާ ގޮތުގެ ޓައިމްލައިނުގެ އިތުރުން އަލިފާނުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އެނގޭނެ ފޮޓޯ ފުލުހުން ކޯޓަށް ހުށަހަޅާފައިވެ އެވެ.
ފުލުހުން ވަނީ މައްސަލައާ ގުޅޭ ތަހުގީގު ބަޔާނާއި ހާދިސާ ރިޕޯޓާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން ރޯވި އިމާރާތަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށްދާ ހަރަދުގެ ތަފްސީލް ކޯޓަށް ހުށަހެޅި އެވެ.
ހިޔާ ރޯދީގައި މިދިޔަ ބުދަ ދުވަހު ރޯވުމުގެ ހައެއްކަ މިނެޓު ކުރިން އެގެއަށް މީހަކު ވަންނަތަން ފެންނަ ސީސީޓީވީ ފުޓޭޖެއް އަދަދު އަށް ވަނީ ލިބިފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި އައި މީހަކު ވެހިކަލް ޕާކު ކުރުމަށްފަހު އެ ގެއަށް ވަންނަ މަންޒަރެވެ. އޭނާ ހުރީ ކަޅު އަވި އައިނެއް އަޅައިގެން ހުދާއި ކަޅު ކުލައިގެ ގަމީހެއް ލައިގެންނެވެ.
މި ނޫހާ ވާހަކަ ދައްކަމުން އެ ގޭގެ ވެރި ފަރާތް، އާދަމް ސަލީމް ބުނީ ހިޔާ ރޯދީގައި ރޯކޮށްލީ ކަމެއް ނުވަތަ ރޯވީކަމެއް ޔަގީންކަމާއެކު ބުނަން އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް ހުޅު ހިފުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެ ގެއަށް މީހަކު ވަދެފައިވާތީީ ހާދިސާ ހިނގި ގޮތާމެދު ޝައްކުތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ.
ޑެގު އަޅައިގެން ހަތަރު ބުރިއަށް ހަދާފައި ހުރި ހިޔާ ރޯދި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ގޭގެ ވެރި ފަރާތުން މައުލޫމާތު ދެ އެވެ. އެ ގޭގައި ރޯވީ، ގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.
މާލޭގައި ފަޅަށް ހުންނަ ގެތަކުގައި ރޯވުމަކީ އާ ކަމެއް ނޫނެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ފަޅަށް ހުންނަ ގެތަކަށް ވަންނަ ކަމަށް ފާހަގަ ކުރެވެ އެވެ. އެމީހުން ސިނގިރޭޓު ބުއިމާއި އަލިފާން ގެންގުޅެންޖެހޭ އެހެން ކަންކަން ކުރުމުގެ ތެރޭގައި ބައެއް ތަންތަނުގައި ހުޅު ހިފާފައި އެބަހުއްޓެވެ.
ގ. ހިޔާ ރޯދީގައި ރޯވި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ގ. ހިޔާ ރޯދީގައި ރޯވި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ