ޔަހޫދީ އިޒްރޭލަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ޖަމާއަތުން މިއަދުވެސް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
އެމެރިކާ އާއި ޔަހޫދީ އިޒްރޭލު އިސްވެ އޮވެ، އީރާނަށް ދޭން ފެށި ހަނގުރާމައާ ގުޅިގެން ފެށިފައިވާ ހަނގުރާމައިގެ ތެރެއަށް ހޫތީން އިއްޔެ ވަނީ ވަދެފަ އެވެ. އެގޮތުން ހޫތީން އިއްޔެ ވަނީ އިޒްރޭލަށް ބެލިސްޓިކް މިސައިލްގެ ވާރޭއެއް ފޮނުވާލައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހޫތީން މިއަދު ވަނީ އިޒްރޭލުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ކްރޫޒް މިސައިލް އާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.
ހޫތީންގެ ތަރުޖަމާނު ޔަޙްޔާ ސާރީ ވިދާޅުވި ގޮތުގައި މި ހަމަލާތަކަކީ އީރާނާއި ހިޒްބުﷲ އާ ގުޅިގެން ދެމުންދާ ހަމަލާތަކެކެވެ. އަދި އީރާނާއި ލުބުނާންއާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލަންދެން އެ ގައުމަށް ހަމަލާ ދޭނެ ކަމަށް ވިދާޅުވި އެވެ.
މި ހަމަލާތަކާ ގުޅިގެން ޔަހޫދީ އިޒްރޭލުގެ ސިފައިން ވަނީ ރަތް ކަނޑުގެ ސަރަހައްދުން އައި ކްރޫޒް މިސައިލަކާއި ޑްރޯނެއް އެ ގައުމުގެ އީލާތު ކައިރިން ވައްޓާލާފައިވާ ކަމަށް ބުނެފަ އެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މާބޮޑު ގެއްލުމެއް ލިބިފައިވާ ކަމަކަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ.
އިޒްރޭލަށް ހޫތީންގެ ހަމަލާތަކެއް އަދި އިންޒާރެއް، ހަނގުރާމަ ހުއްޓާލަންދެން ހަމަލާ ދޭނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ