ނަތަންޔާހޫއާ ދެކޮޅަށް އިސްރާއީލުގެ އިދިކޮޅު ލީޑަރުން އެއްގަލަކަށް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ބަދަލުކުރުމަށްޓަކައި އެގައުމުގެ އިދިކޮޅު އެންމެ ވަރުގަދަ ދެ ސިޔާސީ ލީޑަރުން ކަމަށްވާ ނަފްތާލީ ބެނެޓް އާއި ޔައިރު ލަޕިޑް އެކުވެ، އާ އިއްތިހާދެއް އުފައްދައިފިއެވެ. ކުރިއަށް އޮތް އިންތިޚާބުގައި ނަތަންޔާހޫ ބަލިކުރުމުގެ މަގުސަދުގައި އުފެއްދި މި އާ ޕާޓީއަށް ދީފައިވާ ނަމަކީ "ޓުގެދަރ" އެވެ. މި ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނާނީ ކުރީގެ ބޮޑުވަޒީރު ބެނެޓްއެވެ.
އިދިކޮޅު ފަރާތްތަކުގެ މި ގުޅުމާ ގުޅިގެން ނަތަންޔާހޫ ވަނީ އެމީހުންނަށް މަލާމާތްކޮށް، މީގެ ކުރިން އަރަބި ޕާޓީތަކާއެކު އެމީހުން ހެދި ކޯލިޝަންގެ ހަނދާން އާކޮށްދީފައެވެ. ނަމަވެސް ބެނެޓް ވަނީ މިފަހަރު އަރަބި ޕާޓީތަކާއެކު އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އެއްވެސް ބިމެއް ދޫނުކުރާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ