ދިފާއީ ދާއިރާ ހަރުދަނާކުރުމަށް ވަޒީރު ސައުދީ ސަފީރާއި މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްވަރާތައް ކުރިއަށްދިޔައީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، މިނިސްޓަރ އޮފް ޑިފެންސްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، އިސްލާމީ އަޚުވަންތަކަމުގެ ގުޅުން އޮންނަ ދެ ޤައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން އޮތް އެއްބާރުލުން އިތުރަށް ބަދަހިކޮށް، ވަރުގަދަކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ